އިއްޔެ ކުޅުނު މެޗްތަކުން ވިދުވަރު، ރުއްކުރި، ރަންކަނި، ހުޅުމާލެ ވިމަންސް ސްޕޯޓްސް މޮޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
އިއްޔެ ކުޅުނު މެޗްތަކުން ވިދުވަރު، ރުއްކުރި، ރަންކަނި، ހުޅުމާލެ ވިމަންސް ސްޕޯޓްސް މޮޅުވެއްޖެ
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށިމުބާރާތުގައި އަންގާރަ ދުވަހު ކުޅުނު މެޗްތައް ވިދުވަރު، ރުއްކުރި، ރަންކަނި، ހުޅުމާލެ އަދި ވިމަންސް ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ.

ހެނދުނު ފިނިފެންމާ ޓީމާއި ވިދުވަރު ޓީމު ކުޅެން އޮތް މެޗް ވިދުވަރު ޓީމަށް ލިބުނީީ ފިނިފެންމާ ޓީމު ހާޒިރު ނުވުމުންނެވެ.

ފީއަލި ޑިވޮލޮޕްމންޓް ސޮސައިޓީ އާއި ރުއްކުރި ޓީމު ކުޅުނު މެޗް ރުއްކުރި ޓީމް ކާމިޔާބުކުރީ 31 ލަނޑު 0 ފޯލި/ 37 ލަނޑު 11 ފޯލިންނެވެ.

ހަވީރު ގަލޮޅު ރަންކަނި ޓީމާއި ކުރިމަގު ޓީމު ކުޅުނު މެޗް ރަންކަނި ޓީމު ކާމިޔާބުކުރީ 25 ލަނޑު 11 ފޯލި/ 33 ލަނޑު 4 ފޯލިންނެވެ.

ހުޅުމާލެ ވިމަންސް ސްޕޯޓްސް ޓީމާއި ރަންތަރިި ޓީމު ބައްދަލުކުރި މެޗް ހުޅުމާލެ ވިމަންސް ސްޕޯޓްސް ޓީމު ކާމިޔާބުކުރީ 25 ލަނޑު 0 ފޯލި/ 45 ލަނޑު 6 ފޯލިންނެވެ.
މިއަދު އޮންލައިން