މިހާރު ކުރިއަށްދާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށިމުބާރާތުގައި އިތުރު 6 މެޗް ކުޅެފިއެވެ.
އަންގާރަ ދުވަހުގެ ރޭ ހުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ ޓީމާއި ހުޅުމާލެ ދިރުން ޓީމެވެ. މިމެޗް 27 ލަނޑު 9 ފޯލި/ 39 ލަނޑު 7 ފޯލިން ކާމިޔާބުކުރީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ ޓީމެވެ.
ދެވަނަ މެޗްގައި ބައްދަލުކުރީ ވިދިވަރު ޓީމާއި ވައިލެޓް ޓީމެވެ. މިމެޗް 41 ލަނޑުން ކާމިޔާބުކުރީ ވިދުވަރު ޓީމެވެ.
ބުދަ ދުވަހު ހެނދުނު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރުއްކުރި ޓީމާއި ފެއަރީ ކްޔީން ޓީމެވެ. މިމެޗަށް ފެއަރީ ކްޔީން ހާޒިރު ނުވުމުން މެޗް ލިބިފައިފައިވަނީ ރުއްކުރި ޓީމަށް ލިބިފައެވެ.
ދެވަނަ މެޗްގައި ބައްދަލުކުރީ ހުޅުމާލެ ވިމަންސް ސްޓާރ ޓީމާއި ކުރިމަގު ޓީމެވެ. މިމެޗް 24 ލަނޑު 2 ފޯލި/ 37 ލަނޑުން ކާމިޔާބުކުރީ ހުޅުމާލެ ވިމަންސް ސްޓާރ ޓީމެވެ.
ބުދަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ ޓީމާއި ވިދާތަރި ޓީމެވެ. މިމެޗް 28 ލަނޑު 9 ފޯލި/ 40 ލަނޑު 11 ފޯލިން ކާމިޔާބުކުރީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ ޓީމެވެ.
ދެވަނައަށް ކުޅެން އޮތް ފިނިފެންމާ ޓީމާއި ފީއަލި ޒުވާނުންގެ ރޫހުގެ މެޗަށް ފިނިފެންމާ ޓީމު ހާޒިރު ނުވުމުން މެޗް ވަނީ ނުކުޅެ ފީއަލި ޒުވާނުންގެ ރޫހަށް ލިބިފައެވެ.