އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް 4 ވަނަ ބަށިމުބާރާތުގެ ކްއާރޓަރ ފައިނަލަށް 8 ޓީމު ދަތުރުކޮށްފިއެވެ.
ކްއާރޓަރ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވިދުވަރު ޓީމާއި ނިޔުސްޓާރ ސްޕޯޓްސް ކްލަބެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ރިއަލް އައިލަންޑްގެ ޓީމާއި ވިދުވަރު ޓީމެވެ.
3 ވަނަ މެޗްގައި ބައްދަލުކުރާނީ ރުށްކުރި ޓީމާއި ހުޅުމާލެ ވިމަން ސްޕޯޓްސްގެ ޓީމެވެ 4 ވަނަ މެޗުގައި ބައްދަލުކުރާނީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމުގެ ޓީމާއި ހުޅުމާލެ ވިމަންސް ސްޓާރގެ ޓީމެވެ.
ކްއާރޓަރ ފައިނަލަސް ޓީމުތައް ހޮވުނީ ރޭ ކުޅުނު ދެ މެޗަށް ފަހުގައެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ތޮއްޑޫ ސޯސަންމާ ޓީމާއި ވައިލެޓް ޓީމެވެ. މިމެޗް 28 ލަނޑު 7 ފޯލި، 34 ލަނޑުން ތޮއްޑޫ ސޯސަންމާ ޓީމެވެ.
ދެވަނަ މެޗްގައި ބައްދަލުކުރީ ހުލުމާލެ ވިމަންސް ސްޕޯޓްސް ޓީމާއި ވިދުވަރު ޓީމެވެ. މެމެޗް 36 ލަނޑު 8 ފޯލި/ 36 ލަނޑު 11 ފޯލިން ކާމިޔާބުކުރީ ވިދުވަރު ޓީމެވެ.
މިމެޗް 3 ފޯލިން ހުޅުމާލެ ވިމަންސް ސްޕޯޓްސް ޓީމު ބަލިވި ނަމަވެސް ޓީމުގެ ތަޖުރިބާއަށް ބަލާއިރު ވަނީ ވަރަށް ވާދަވެރިކުޅުމެއް ދައްކައިފައެވެ. ވިދުވަރު ޓީމަކީ މިދިއަ އަހަރު ވެސް ފައިނަލުގައި ކުޅެފައިވާ ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.
މުބަރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 15 ވަނަ ދުވަހުއެވެ.