ޕާކިސްތާނުގައި ބޮމެއް ގޮއްވައިލައި 22 މީހުން މަރައިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޕާކިސްތާނުގައި ބޮމެއް ގޮއްވައިލައި 22 މީހުން މަރައިލައިފި
އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގެ އަވަށެއް ކަމަށްވާ ކުއްރަމްގެ ޕަރަޗިނާރުގެ ބާޒާރެއްބޮއްމެއްގޮއްވައިލައި 22 މީހުން މަރައިލައިފިއެވެ. އަދި މިހައިތަނަށް އެނގޭ ގޮތުން 45 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާދިސާގައި މަރުވި އެންމެންނަކީވެސް ޝިޢީންނެވެ. އަދި ބޮން ގޮއްވައިލައިފައިވަނީ ގިނަ އަދަދެއްގެ މީހުން ފިނި މޫސުމަށް ހެދުމާއި ފޭރާން ގަތުމަށް ބާޒާރުގައި ތިއްބައެވެ. ބެލެވޭ ގޮތުން ބޮން ގޮއްވައިލީ މާރުކޭޓުގައި ހަރުކުރުމަށްފަހު ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެންނެވެ.

މިސަރަހައްދަކީ ވަރަށް ގިނައިން އައިއެސްގެ ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވަމުން އަންނަ ސަރަހައްދެކެވެ. އެހެންކަމުން ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ގެންދަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ.

ހަމަލާގެ ޒިންމާ އަދި މިހައިތަނަށް އެއްވެސް ބައަކު އުފުލައިފައި ނުވިނަމަވެސް ބެލެވެނީ އައިއެސްއާއި ގުޅިފައިވާ އަލްޤައިދާ ނުވަތަ ޕާކިސްތާނުގެ ޠާލިބާނުން ދިން ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަދު އޮންލައިން