މައްކާ ސަރަހައްދުގެ މުނިިސިޕަލް އިންތިޚާބުގައި 3 އަންހެނަކު ކުރި ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
މައްކާ ސަރަހައްދުގެ މުނިިސިޕަލް އިންތިޚާބުގައި 3 އަންހެނަކު ކުރި ހޯދައިފި
ހޮނިހިރު ދުވަހު ސައުދިއަރަބިޔާގައި ބޭއްވި މުނިސިޕަލް ކައުންސިލުގެ އިންތިޚާބުގައި މައްކާ ސަރަހައްދުން 3 އަންހެނަކު ކުރި ހޯދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މައްކާގެ ރަށްފުށު އަވަށެއް ކަމަށްވާ މަދްރަކާގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ސަލްމާ ބިންތި ހިޒާބް އަލްއުތައިބީ ކަމަށެވެ. އޭނާ އެސަރަހައްދުގެ އިނތިޚާބު ކާމިޔާބުކުރީ 7 ފިރިހެނަކާއި 2 އަންހެނުންނާއި ވާދަކޮށްގެންނެވެ.

ޖިއްދާގެ ސަރަހައްދުން ވެސް ކައުންސިލަށް ދެ އަންހެނަކު ވަނީ ހޮވިފައެވެ. އެއީ ޑރ. ލޫމާ އަލް ސުލައިމާން އާއި ރަޝާ އަލްޙިފްޛިމް އެވެ.
މިއަދު އޮންލައިން