ޓެރަރިޒަމާ ދެކޮޅަށް ސަޢުދީން އުފެއްދި އިއްތިހާދުގައި ބައިވެރިވުމަށް މިޞުރުގެ އަޒުހަރު ޔުނިވަރސިޓީން އިސްލާމީ ޤައުމުތަކަށް ގޮވައިލައިފިއެެވެ.
އަޒްހަރު ޔުނިވަރސިޓީންވަނީ ކީރިތި ޤްރްއާން ކިޔަވައި ޤްރްއާނުގައި ބަޔާންވެގެންވާ ގޮތުގެ މަތީން އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މީހުން ދައްކާ ވާހަކަތަކުގެ ކުރިއަށް ީކީރިތި ޤްރްއާން ނެރުމަށް އިލްތިމާސްކޮށްފައެވެ.
ސައުދީ ޖަސްޓިސް މިނިސްޓަރ ވިދާޅުވީ ޓެރަރިސްޓް ގްރޫޕްތައް އުފެދެމުން އަންނަނީ އަދި ބާރުގަދަވަމުން އަންނަނީ އެކަންކަމަށް ވާގިވެރިވާ އެހެން ޤައުމުތަކުގެ އެހީތެރިކަމާއިއެކުގައި ކަމަށާއި އެހީތެރިކަން އެކި ޤައުމުތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގްރޫޕުތަކަށް ލިބެމުންދާ ކަމަށެވެ.
މިިނިސްޓަރު ވަނީ ޓެރަރިޒަމްގެ ވަސްވާސްތައް ދެމުން ގެންދާ އެންމެހައި ފަރާތްތަކާއިމެދު ސަމާލުވުމަށް އެދިވަޑައިގެންފައެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނަކީ ވަކި ދީނަކަށް ބެލުމެއް ނެތި އަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް ގަދައަޅައި އަމުރުކުރާ ދީން ކަމަށްވާއިރު މީހުން މެރުމަށްފަހު އިސްލާމް ދީނުގެ ނަން ބޭނުން ނުކުރެވޭނެ ކަމަށެވެ.
ސައުދީން އިސްވެ ޓެރަރިޒަމާ ދެކޮޅަށް އުފެއްދި އިއްތިހާދަށް ދުނިޔޭގެ ތާއީދުއަންނަނީ އިތުރުވަމުންނެވެ. ޓެރަރިޒަމްގެ ވަބާއިން ސަލާމަތްވެވޭނީ އެކަމަށް ހުރިހައި ޤައުމުތަކުން މަސައްކަތްކޮށްގެން ކަމަށް ގިނަ ޤައުމުތަކުން ދަނީ ބުނަމުންެނެވެ.