ޖުނާ ފުޓްބޯލް ޗެލެންޖް 2015

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
 ޖުނާ ފުޓްބޯލް ޗެލެންޖް  2015






އައްޑޫ ސިޓީގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯލް މުބާރާތް ކަމަށްވާ ޖުނާ ފުޓުބޯލް ޗެލެންޖް ކަޕް އައްޑޫސިޓި ހިތަދޫ ފުޓުބޯލް ސްޓޭޑިއަމްގައި މިމަހުގެ 51 ވަނަ ދުވަހު ފަށައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި 300000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރއަޕް ޓީމް އަށް 100000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.





މި މުބާރާތުގެ މަގުޞަދަކީ އައްޑޫ ސިޓީގެ ޒުވާނުންނަށް ފުޓުބޯޅައިން ފުރުޞަތުތަކެއް ހޯދައި ދިނުމަށާއި ކުޅިވަރުގެ ރޫހޫ އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި އާލާ ކުރުން ކަމަށާއި ފާއިތުވި 3 އަހަރު އައްޑޫސިޓީގައި މި މުބާރާތްވަނީ 3 ފަހަރު މަތިން ކާމިޔާބު ކަމާއި އެކު ބޭއްވިފައިކަމަށް މުބާރާތް އިންތިޒޢމުކުރާ ފަރާތުން ބުނެއެވެ.





އައްޑޫ ސިޓީއަކީ ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ މޮޅު ކުޅުންތެރިން އުފެދުނު އެއް ސަރަހައްދެވެ. އެސިޓީގައި ސަރުކާރުން ވަނީ އެންމެ ޒަމާނީ ފެންވަރުގެ ސްޓޭޑިއަމެއް އަޅައިފައެވެ. ސަރުކާރުން ބުނެފައިވަނީ އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.





މިއަދު އޮންލައިން