ތުރުކީގެ ބޮޑުވަޒިރު ސައުދިއަރަބިޔާއަށް ވަޑައިގަންނަވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ތުރުކީގެ ބޮޑުވަޒިރު ސައުދިއަރަބިޔާއަށް ވަޑައިގަންނަވަނީ
ތުރުކީގެ ބޮޑުވަޒީރު ޠައްޔިބް އުރުދުޤާން ސައުދިއަރަބިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިޖެއެވެ.

މިމަހުގެ 29 ވަނަ ދުވަހު ކުރައްވަވާ މިދަތުރުފުޅުގައި ސަލްމާން ރަސްގެފާނާއިއެކު ސީރިޔާ، އިރާޤް އަދި ޔަމަންގެ މައްސަލަތަކުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

ތުރުކީގެ ބޮޑުވަޒީރު ސައުދިއަރަބިޔާއަށް މިވަޑައިގަންނަވަނީ ތުރުކީގެ ސިފައިން އިރާޤަށް އެރި މައްސަލަ، އިރާޤުން އދއަށް ހުށަހަޅައިފައިވަނިކޮށެވެ. އަދި ރަސިއާ އާއި ތުރުކީގެ މެދުގައި ނުތަނަވަސްކަން އޮތް ވަގުތެއްގައެވެ.

ސީރިޔާގެ މައްސަލައިގައި ސައުދިއަރަބިޔާ އާއި ތުރުކީ އަކީ އެއް ވިސްނުމެއް ގެންގުޅޭ ދެ ޤައުމެވެ.
މިއަދު އޮންލައިން