ރިފިއުޖީންގެ ބައަކު ގޮވައިގެން ދަތުރުކުރި ބޯޓެއް ތުރުކީ ކައިރިއަށް ފެތި 18 މީހުން ކަނޑުވެ މަރުވެއްޖެއެވެ.
ހުކުރު ވިލޭރޭ ހިނގި މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭއިރު ބޯޓުގައި ތިބީ އިރާޤާއި ސީރިޔާގެ ރައްޔިތުންނެވެ. ހުކުރު ދުވަހު ހެނދުނުވެސް މިފަދަ އުޅަނދެއް ފެތި 8 މީހުން މަރުވެފައިވާއިރު އެގެތެރޭގައި 5 ކުޑަކުދިން ހިމެނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ބޯޓު ދަތުރުކުރީ ގްރީސްގެ ކޮސް އައިލަންޑްސްއަށް ދިއުމަށެވެ.
އަންގާރަ ދުވަހު ޔޫރަޕިއަން ކައުންސިލުން ބުނެފައިވަނީ ރިފިޔުޖީންގެ ސަލާމަތަށް ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.