ޕޮލިސް ކުލަބާއި ގުޑީސް ސްޕޯޓްސް ކުލަބު ވާދަކުރިމެޗު ފަސޭހަކަމާއެކު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
ޕޮލިސް ކުލަބާއި ގުޑީސް ސްޕޯޓްސް ކުލަބު ވާދަކުރިމެޗު ފަސޭހަކަމާއެކު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މައިލޯ ވީއޭއެމް ޔޫތު ޗެމްޕިއަން ޝިޕް އަންހެން ޑިވިޜަންގެ ގްރޫޕް ސްޓޭޖުގައި ޕޮލިސް ކުލަބާއި ގުޑީސް ސްޕޯޓްސް ކުލަބު ވާދަކުރިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ސީދާ 3 ސެޓުންނެވެ. މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 25-11،25-21 އަދި 25-22 ންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ހައްވާ ސަހާއެވެ.

މައިލޯ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް އަންހެން ޑިވިޜަންގެ ތިން ވަނަ މަޤާމު ލިބިފައިވަނީ ގުޑީސް ސްޕޯޓްސް ކުލަބަށެވެ.
އަންހެން ޑިވިޜަންގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު ޕޮލިސް ކުލަބާއި މޯލްޑިވިއަން ވާދަކުރާއި މި ދެޓީމު މިހާރުވަނީ ފައިނަލުން ޖާގަ ހޯދާފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މިއަދު އޮންލައިން