ރެސްޕެކްޓް ކޮޅަށް 5 ލަނޑު ޖައިގެން އެފްވައިސީ މޮޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރެސްޕެކްޓް ކޮޅަށް  5 ލަނޑު ޖައިގެން އެފްވައިސީ މޮޅުވެއްޖެ
އައްޑޫގައި މިހާރު ކުރިއަށްދާ "ޖުނާ ފުޓުބޯލް ޗެލެންޖް 2015" ގައި އިއްޔެ ހަވީރު އެފްސީ ރެސްޕެކްޓް ކޮޅަށް ފަސް ލަނޑު ޖަހައިގެން ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) މެޗު ކާމިޔާބު ކޮށްފިއެވެ.

މި މެޗުގައި ރެސްޕެކްޓް ކޮޅަށް އެފްވައިސީން 5 ލަނޑު ޖެހިއިރު ރެސްޕެކްޓަށް އެފްވައިސީގެ ގޯލަށް ވައްދާލެވިފައިވަނީ އެންމެ ލަނޑެކެވެ. މި ނަތީޖާއާއެކު މެޗު ނިމުނީ 5-1 އިން އެފްވައިސީ މޮޅުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލިޑުނެގީ އެފްވައިސީގެ ޖަރޒީ ނަންބަރު 24 އަލީ ނާފިއު (ކަޅޭ) އެވެ. އޭނާ މިލަނޑު ޖެހީ މެޗުގެ 27 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑުވެސް ޖެހީ އޭނާއެވެ. އެލަނޑު ޖަހާފައިވަނީ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ އިތުރު ލަނޑެއް ދެ ޓީމުންކުރެ ޓީމަކަށް ނުޖެހިއެވެ. މެޗުގެ ފަހު 4 ލަނޑު ޖަހައިފައިވަނީ ފަހު ހާފުގައެވެ.

މެޗުގެ ތިންވަނަ ލަނޑު އަދި ރެސްޕެކްޓް ޓީމުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 48 ވަނަ މިނެޓުގައި، އެ ޓީމުގެ ޖަރޒީ ނަންބަރ 10 އިބްރާހީމް ޝަފުރާޒެވެ. އޭގެ 2 މިނެޓު ފަހުން އެފްވައިސީންވަނީ އެމީހުންގެ 3 ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. އެއީ ޖާޒީ ނަންބަރު 7 އިބްރާހީމް މަހުދީ ހުސައިން ކާމިޔާބު ކޮށްދިން ލަނޑެކެވެ. އެފްވައިސީގެ 4 ވަނަ ލަޑުވެސް ޖަހައިދިނީ މަހުދީއެވެ. އޭނާ އެލަނޑު ޖެހީ މެޗުގެ 74 ވަނަ މިނެޓުގައެވެ.

އެ ޓީމުގެ 5 ވަނަ ލަނޑު ކާމިޔާބު ކުރީ 80 ވަނަ މިނެޓުގައެވެ. އެއީ ރެސްޕެކްޓް ޓީމުގެ ޖަރޒީ ނަންބަރ 5 އިސްމާއީލް ޝަފީއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްވައިސީގެ ޖަރޒީ ނަންބަރު 7 މަހުދީއެވެ. އޭނާ ވަނީ މޮޅަށް ކުޅެ 2 ލަނޑު އެޓީމަށް ޖަހައިދީފައެވެ.

މިއަދު ކުޅޭނީ މުބާރާތުގެ 9 ވަނަ މެޗެވެ. ބައްދަލުކުރާނީ ފްރެންޑްސް ކުލަބާއި މަލްޓިޖީނިއަސް އެވެ. މެޗުވެސް ފަށާނީ ހަވީރު 4.00 ގައެވެ.

މުބާރާތުގެ ފައިނަލް ކުޅޭނީ ދެ ޓީމު ކަށަވަރުވާނީ 27 ވަނަ ދުވަހު ކުޅޭ މައިލޯސިޓީއާއި އެފްވައިސީގެ މެޗަށްފަހުއެވެ. ފައިނަލް ކުޅޭނީ ޑިސެންބަރު 30 ގައެވެ.
މިއަދު އޮންލައިން