ފިލިޕިންސް ޑްރައިވަރަކު ދުއްވި ވޭނަކުން ޖެހި މީހަކު މަރުވުމުން މަރުގެ ދިޔަކަމަށް ޢާއިލާ އިން ކަނޑައެޅި 225،000 ސައުދީއަރަބިޔާގެ 2 މިލިއަނަރަކު ދައްކައިދީފިއެވެ. އަދި ފައިސާ ދެއްކުމުން ކޯޓުން މިހާރު ވަނީ ޖަލަށް އެކަން އަންގައި އޭނާ މިނިވަންކޮށްފައެވެ.
2009 ވަނަ އަހަރު ހިނގައިފައިވާ މި އެކްސިޑެންޓާއި ގުޅިގެން މަރުވެފައިވަނީ އިންޑިއާ ރައްޔިތެކެވެ. އޭނާގެ ޢާއިލާއިން މަރުގެ ދިޔައިގެ ގޮތުގައި އެދިފައިވަނީ 4 މިލިއަން ސައުދި ރިޔާލައަށެވެ. ޑްރައިވަރުގެ ޢާއިލާގެ ފަރާތުން އޭނާގެ މަންމަ ބުނީ މިހައިތަނަށް ފައިސާ ހޯދަން ކުރި މަސައްކަތުން ލިބިފައިވަނީ 2 މިލިއަން ސައުދިރިޔާލައަށްވުރެ މަދު އަދަދެއް ކަމަށެވެ.
މަރުގެ ދިޔައިގެ ގޮތުގައި ދައްކަން ޢާއިލާ އިން އެދޭ އަދަދަށް ފައިސާ ނުދައްކައިފިނަމަ ސައުދިއަރަބިޔާގައި މަރުގެ އަދަބާ ކުރިމަތިލާންޖެހޭނެއެވެ. އެހެންކަމުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ސައުދީ 2 މިލިއަނަރުން ވެދިން އެހީއަށް ޢާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.