މައިމީހާ ގައިގަ މަދިރި ހެފުމުން ލިބޭ ދަރިން ނުކުޅެދޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މައިމީހާ ގައިގަ މަދިރި ހެފުމުން ލިބޭ ދަރިން ނުކުޅެދޭ
މާބަނޑު ދުވަސްވަރު މައިމީހާގެ ގައިގައި ހަފާ މަދިރިއެއްގެ ސަބަބުން ލިބޭ ދަރިން ނުކުޅެދޭ ކުދިންނަށް ވުމުގެ މައްސަލަތަކެއް ބްރެޒިލުގައި ފެންމަތިވެއްޖެއެވެ.

މިމައްސަލަ ކުރިމަތިވި މައަކު ބުނީ ފުރަތަމަ ދުަވަހު ގައިގައި އިނީ ކުޑަކުޑަ ފާހަގައެއް ކަމަށާއި އެހެންކަމުން އެކަމާއި މެދު ކަންބޮޑު ނުވާ ކަމަށެވެ. ނަމަވެސް ދެ ވަނަ ދުވަހު ހެނދުނު ނިދިން ހޭލެވުނު އިރު ބޮލުގައި ރިއްސާ ކަމަށާއި އަދި ހުން އައިސް ލޮލުން ދިލަ ނަގާ ކަމަށެވެ. އަދި 4 ދުވަހަށްފަހު އެކަންކަން ރަނގަޅުވި ކަމަށެވެ.

މައްސަލަ އިތުރުވީ ދަރިފުޅު ލިބުނުއިރު ބޮލުގައި މައްސަލަތަކެއް ހުރުމާއި އަދި ޓެސްޓްތަކަށްފަހު ސިކުނޑީގައި މައްސަލަ ހުރުމުންނެވެ.

މިކަމުގެ ތަފްޞީލުތައް އަދި ޔަޤީން ނުކުރެވުނު ނަމަވެސް ބެލެވޭގޮތުން މިއަހަރު މިފަދަ 2700 އަށްވުރެ ގިނަ ކުދިން ބްރެޒިލުގައި އުފަންވެއްޖެއެވެ. އަދި މިއަދަދަކީ 2014 ވަނަ އަހަރާއި އަޅައިބަލާއިރު 150 ކުދިން މަދު އަދަދެކެވެ.

މިހެން ދިމާވަނީ ޒިކާ ކިޔާ ވައިރަސްއެއްގެ ސަބަބުން ކަމަށް ބައެއް ޑޮކްޓަރުން ޝައްކު ކުރި ނަމަވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ކަށަވަރު ނުކުރެވެނީސް ވަކި ސަބަބެއް ނުނިންމުމަށް ގިނަ ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

މިހައިތަނަށް ހޯދުނު ބައެއް ޙޯދުންތަކުން ޒިކާ ވައިރަސްގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅުގެ ސިކުނޑިއަށް ގެއްލުން ލިބޭކަން ވަނީ ކަށަވަރުކުރެވިފައެވެ.

މަދިރިން ސަލާމަތް ވުމަށް ކުރެވެން އޮތް ހުރިހައި ކަންކަން ކުރުމަށް ޑޮކްޓަރުން ގެންދަނީ ލަފާދެމުންނެވެ.
މިއަދު އޮންލައިން