ދައްމާމްގެ ހޮސްޕިޓަލެއްގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ދައްމާމްގެ ހޮސްޕިޓަލެއްގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި
ސައުދިއަރަބިޔާގެ ދައްމާމް މެޑިކަލް ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ހުކުރު ވިލޭރޭ ދަންވަރު 2:00 ހައިއިރު ހިނގި މިހާދިސާގައި އިމާރާތަށް ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މިހާދިށާ ހުިނގައިފައި މިވަނީ އަލްޖަޒަން ގައި އަލިފާނުގެ ހާދިސާއެއް ހިނގައި 24 މީހުން މަރުވިތާ 1 ދުވަސްފަހުންނެވެ.

ސައުދީގައި ހިނގާ އަލިފާނުގެ ހާދިސާތައް ދިރާސާކުރުމަށްފަހު ބުނެފައިވަނީ 20 އިންސައްތަ ގޭގެ އަނދާ ވަކި ސަބަބެއް ހޯދިފައި ނުވާ ކަމަށެވެ. ނަމަވެސް ބެލެވެނީ އިހުމާލުވުމުގެ ސަބަބުން ކަމަށާއި މިކަމަށް ރައްޔިތުންގެ ސަމާލުކަން އިތުރުކޮށް ހޭލުންތެރިވާންޖެހޭކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރެކޯޑުތައް ދައްކާގޮތުން އެންމެ ގިނައިން އަލިފާނުގެ ހާދިސާތައް ހިނގައިފައިވަނީ މައްކާގައެވެ.
މިއަދު އޮންލައިން