ސާފު ސުޒުކީ ކަޕްގެ ބީ ގްރޫޕުން ސެމީ ފައިނަލުގައި ވާދަކުރާނެ ދެޓީމަކީ ރާއްޖެއާއި އަފްޣާނިސްތާނުކަން ކަށަވަރުވެއްޖެއެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް، 3 ލަނޑު 1 ލަނޑުން ބަލިކޮށް ޖާގަކަށަވަރުކޮށްފައެވެ. އަފްޣާނިސްތާނުން ޖާގަ ކަށަވަރުކުރީ ހަވީރު ކުޅުނު ދެވަނަ މެޗްގައި ބޫޓާނުގެ ޓީމާއި ވާދަކޮށް 3 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.
ރާއްޖެ އާއި އަފްޣާނިސްތާނު ކުޅޭ ސެމީ ފައިނަލް މެޗް ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ.