ޖުނާކަޕުގެ ފައިނަލުގައި ފްރެންޑްސްއާ ބައްދަލު ކުރާނީ އެފްވައިސީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ޖުނާކަޕުގެ ފައިނަލުގައި ފްރެންޑްސްއާ ބައްދަލު ކުރާނީ އެފްވައިސީ
“ޖުނާ ފުޓުބޯލް ޗެލެންޖު 2015” ގެ ފައިނަލުގައި ފޭދޫ ފްރެންޑްސް ކުލާބާ ބައްދަލު ކުރާނީ، ފޭދޫ ޔޫތު ކޮމިޔުނިޓީ (އެފްވައިސީ) އެވެ.

ފައިނަލުގެ ފަހުޖާގަ އެޓީމް ހޯދީ ހިތަދޫ ޒޯންސްޓޭޑިއަމްގައި އިއްޔެ ހަވީރު މައިލޯ ސިޓީ އެފްސީއާ ބައްދަލުކޮށް 5-1 ލަނޑުން މޮޅުވެގެންނެވެ.

މި މެޗުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖާރޒީ ނަންބަރ 24 ޢަލީ ނާފިޢު، 1 ލަނޑު، ޖާރޒީ ނަންބަރ 7 އިބްރާހީމް މަހުދީ 2 ލަނޑު، ޖާރޒީ ނަންބަރ 10 އިބްރާހީމް މުޙައްމަދު 2 ލަނޑު، ޖާރޒީ ނަންބަރ 7 އިބްރާހީމް މަހުދީ އެއް ލަނޑެވެ. މި ލަނޑުތައް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

ދެވަނަ ހާފުގައި ފެނިގެން ދިޔަ ހަމައެކަނީ ލަނޑު ޖަހައިފައިވަނީ މައިލޯ ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ޖާރޒީ ނަންބަރ 9 ޙަސަން އަދުހަމެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެފްވައިސީގެ ޖާރޒީ ނަންބަރ 7 އިބްރާހީމް މަހުދީ ޙުުސައިނެވެ.

މިމުބާރާތުގެ ފައިނަލް ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހު ހަވީރު ހިތަދޫ ޒޯން ސްޓޭޑިއަމުގައެވެ.

މިމުބާރާތުގެ އެއްވަނަ ޓީމަށް ތިންލައްކަ ރުފިޔާ ލިބެއެވެ. ދެވަނަ ޓީމަށް އެއްލައްކަ ރުފިޔާ ލިބެއެވެ.
މިއަދު އޮންލައިން