ފަލަސްޠީނަށް ޚިދުމަތްކުރުމުގެ އެންމެ ޝަރަފުވެރި އެވޯޑް ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަރުވައިފިއެވެ.
އެވޯޑް އެރުވީ ބުދަ ދުވަހު ސައުދީ ރަސްގެފާނުގެ ގަނޑުވަރުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އެވެ.
މިބައްދަލުކުރެއްވެވުމުގައި ސަލްމާން ރަސްގެފާނު ވަނީ ސައުދިއަރަބިޔާއިން ފަލަސްޠީނަށް ވެދެމުން ގެންދާ އެހީތައް ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ ފަލަސްޠީނުގެ ވެރިރަށަކީ ޖެރޫސަލަމް ކަމަށް ވާން ޖެހޭނެ ކަމަށާއި އެކަން ހަމަޖެހި ފަލަސްޠީނަކީ މިނިވަން ދައުލަތަކަށް ވުމަށް ފުރިހަމައަށް އަބަދުވެސް ސައުދި އަރަބިޔާއިން ތާއީދު ކުރައްވައި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ފަލަސްޠީނަށް ހުރިހައި ގޮތަކުން ވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީ ސައުދި އަރަބިޔާއިންނެވެ.