ޚިދުމަތް ލިބޭކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބޭވަރަށް މިއަހަރު ޚިދުމަތް ފޯރުކޮށްދޭނަން: ރައީސް ޒީ ޖިންޕިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޚިދުމަތް ލިބޭކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބޭވަރަށް މިއަހަރު ޚިދުމަތް ފޯރުކޮށްދޭނަން: ރައީސް ޒީ ޖިންޕިން
ޚިދުމަތް ލިބޭކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބޭވަރަށް މިއަހަރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ްަޗައިނާގެ ރައީސް ޒީޖިންޕިން ވިދާޅުވެއްޖެއެވެ.

ރައީސް ޒީ ޖިންޕިން މިމޭރުމުން ވިދާޅުވެފައިވަނީ ވެރިކަންކުރާ ސީޕީސީގެ ބައްދަލުވުމެއްގައެވެ.

ރައީސް ޒީޖިންޕިން ވިދާޅުވީ ހައިހޫނުކަމުގައި ދިރިއުޅެންޖެހިފައިވާ ރައްޔިތުންގެ ހައިހޫނުކަން ފިލުއްވައި ދެއްވުމަށް މިއަހަރު ޚާއްޞަ ސަމާލުކަމެއް ދެއްވަވައި އިތުރު މަސައްކަތްތަކެއް ކުރައްވަވާނެ ކަމަށެވެ.

ޒީ ޖިންޕިން ވިދާޅުވެފައިވަނީ ޗައިނާގެ ހުޅުވައިލެވިފައިވާ ވިޔަފާރީގެ ސިޔާސަތު ހަމަ އެގޮތުގައި ދަމަހައްޓަވާނެ ކަމަށާއި ޗައިނާގެ ދޮރާށިތައް ވަނީ ދުނިޔެއަށް ހުޅުވައިލެވިފައި ކަމަށެވެ.

އެހެން ޤައުމުތަކާއިއެކު ޗައިނާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މައިދާނުގައި މިއަހަރުވެސް ޗައިނާއިން ސާބިތުކަމާއިއެކު ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ޒީ ޖިންޕިން ވަނީ ދެއްވައިފައެވެ.
މިއަދު އޮންލައިން