އިރާޤްގެ ދެ ކުނުގައި ހުރި ސުންނީންގެ 3 މިސްކިތެއްގައި ބޮންގޮއްވައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
މިހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައި ނުވި ނަމަވެސް ހަމަލާތަކުގައި މިސްކިތްތަކުގައި ބައިތަކެއްވެސް ވަނީ ވެށްޓިފައެވެ.
އިރާޤުގެ ބޮޑުވަޒީރު ވިދާޅުވީ މިހަމަލާތަކަކީ އިރާޤުގައި ހަމަނުޖެހުން އިތުރުކުރަން މަސައްކަތްކުރާ ޖަމާއަތްތަކުން ދީފައިވާ ހަމަލާތަކަކަށް ނޫނީ ނުވާނެ ކަމަށާއި ސައުދީގައި ނިމްރު މަރައިލުމުން އީރާނުގައި ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅުން ހުރި ކަންތައްތަކަކަށްވެސް ވެދާނެ ކަމަށެވެ.
ބޮޑުވަޒީރު ވަނީ މިފަދަ ހަމަނުޖެހުންތައް ހިންގިއަ ނުދިނުމަށާއި އިތުރު ހަމަނުޖެހުންތަކަށް ފުރުޞަތު ލިބިދާނެ އެއްވެސް ކަމަކަށް މަގުފަހިވާނެ އެއްވެސް ކަމެއް މެދުވެރިވިއަ ނުދިނުމަށް ސަލާމަތީ ބާރުތަކަށް އަމުރުކޮށްފައެވެ.