ގެމްބިއާގައި ވަޒީފާ އަދާކުރާ ހުރިހައި އަންހެނުން ބުރުގާ އެޅުމަށް އަމުރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ގެމްބިއާގައި ވަޒީފާ އަދާކުރާ ހުރިހައި އަންހެނުން ބުރުގާ އެޅުމަށް އަމުރުކޮށްފި
އެފްރިކާގެ ޤައުމެއް ކަަމަށްވާ ގެމްބިއާގެ ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ ހުރިހައި އަންހެނުން ބުރުގާ އެޅުމަށް އަމުރުކުރައްވައި އެޤައުމުގެ ރައީސް، ރިޔާސީ ޤަރާރެއް ނެރުއްވައިފިއެވެ.

މިދިއަ އަަހަރު ޑިސެެމްބަރު މަހުގެ 12 ވަނަ ދުވަހު ގެމްބިއާ އަކީ އިސްލާމީ ދައުލަތެއްގެ ގޮތުގައި އެޤައުމުގެ ރައީސް ޔަޙްޔާ ޖައްމީޙް އިއުލާނު ކުރެއްވެވުމަށްފަހު މަސް ދުވަސްެ ވެސް ނުވަނީސް މިފަދަ އަމުރުފުޅެއް ނެރުއްވެވުމުން ދުނިޔޭގެ ގިނަ ބައަކަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިފައެވެ.

ސަރުކާރުގެ އިދާރާތަކަށް ރައީސް ޔަޙްޔާ ފޮނުއްވެވި މިއަމުރުފުޅުގައި ވިދާޅުވެފައިވަނީ މަސައްކަތުގެ ވަގުތުތަކުގައި ބޮލުގެ އިސްތަށިގަނޑާއި ކަނދުރާ އެކުގައި ނިވާކުރަންޖެހޭނެ ކަަމަށެވެ.

ގެމްބިއާގައި ދިރިއުޅޭ 1.8 މިލިއަން މީހުންގެ ތެރެއިން 95 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ.
ރައީސް ޔަހްޔާ 1994 ވަނަ އަހަރު ޤައުމުގެ ވެރިކަން ޙޯއްދެވީ ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ހުންނަވައިގެން ގެންްނެވި މިލިޓަރީ އިންޤިލާބަކުންނެވެ. އެއަށްފަހު ބޭއްވި އިންތިޚާބުތައް ޔަޙްޔާ ވަނީ ކާމިޔާބުކުރައްވައިފައެވެ.
މިއަދު އޮންލައިން