ސައުދިއަރަބިޔާގެ ބަޖެޓުން އިޖުތިމާޢީ ކަންކަމަށް ކުރާ ހޭދައިގެ ެތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސައުދީގައި ދަރިންނާއިއެކު އެކަނިވެރިވެފައި ތިބި މައިންނަށެވެ.
2015 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިޖުތިމާޢީ ބަޖެޓުން ދަރިންނާއިއެކު އެކަނިވެރިވެފައި ތިބި މައިންނަށް ވަނީ 819 މިލިއަން ސައުދީ ރިޔާލަ ޚަރަދުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ 407 މިލިއަން ރިޔާލަ ޚަރަދުކޮށްފައިވާ ހުވަފަތް އަންހެނުންނަށާއި ޔަތީމުންނަށެވެ.
ޖުމުލަ ގޮތެއްގައި 28،425 އާއިލާއަކަށް ސައުދީ ސަރުކާރުން ވަނީ ހޭދަކޮށްފައެވެ.
ސޯޝަލް ސެކިޔުރިޓީ މިނިސްޓްރީން ބުނެފައިވަނީ އިޖުތިމާޢީ ކަންކަމުގައި ބަލަހައްޓަންޖެހޭ ފަރާތްތައް ބެލެހެއްޓުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެމުން ގެންދާ ކަމަށާއި ވީހައި ރަނގަޅު ފެންވަރުގައި އެފަދަ ފަރާތްތަކުގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެމުން ގެންދާ ކަމަށެވެ.
ސައުދި ސަރުކާރަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވަރި އިތުރުވުމުގެ މައްސަލަތަކެވެ.