ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލައިގައި ބަންގްލަދޭޝްގެ ސަރުކާރުން މިޔަންމާ އާއެކު މަޝްވަރާ ކުރާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލައިގައި ބަންގްލަދޭޝްގެ ސަރުކާރުން މިޔަންމާ އާއެކު މަޝްވަރާ ކުރާނެ
މިޔަންމާގެ އައު ސަރުކަރާއެކު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލައިގައި ބަންގްލަދޭޝްގެ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ބަންގްލަދޭޝް އިން ބުނެފިއެވެ.

ސައުދިއަރަބިޔާއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އަބްލް ހަސަން މަހްމޫދު އަލީ މިކަން ހާމަކުރެއްވެވީ އޯއައިސީގެ ސެކްޓްރީ ޖެނެރަލް އިޔާދް އަމީން މަޑާނީ އާއިއެކު ބުރާސްފަތި ދުވަހު އޯއައިސީގެ މައިމަރުކަޒުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ މިޔަންމާގެ ކުރީގެ ސަރުކާރާއިއެކުވެސް އެމައްސަކލައިގައި މަޝްވަރާކުރަން ބަންގްލަދޭޝް އިން މަސައްކަތް ކުރި ކަމަށާއި ނަމަވެސް މިޔަންމާ ސަރުކާރުން މަގެއް ނުދެއްކީީ ކަމަށެވެ. "ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލައިގައި ފުރިހަމަ ދާއިމީ ޙައްލެއް ޙޯދަން ބަންގްލަދޭޝް އިން ބޭނުންވޭ."

ޚާރިޖީ ވަޒީރު މިމޭރުމުން ވިދާޅުވިނަމަވެސް ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް މިހާރު ކުރިމަތިވެފައިވާ ނިކަމެތި ހާލަތު އެންމެ ކުރިމަތިވި އެންމެ ބޮޑު އެއް ސަބަބަކީ ބަންގްލަދޭޝް އިން އެމީހުންނަށް އެއްވެސް ފުރުޞަތެއް ނުދިނުމެވެ. އަދި މިޔަންމާގެ މިހާރުގެ ލީޑަރު އަން ސަން ސޫކީ އަކީ ރޮހިންޔާ ދަރިކޮލުގެ މީހުން ދިރިތިއްބައި އަންދަމުން ގެންދިއައިރުވެސް އެކަމާއި ދެކޮޅަށް އަނގައިން ބުނި އަންހެނެއް ނޫނެވެ.
މިއަދު އޮންލައިން