ޓެރަރިސްޓް ޖަމާއަތަކަށް އިންޑިއާ އާ ޕާކިސްތާނުގެ ވާހަކަތަކަށް ހުރަހެއް ނުއެޅުވޭނެ: ޕާކިސްތާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޓެރަރިސްޓް ޖަމާއަތަކަށް އިންޑިއާ އާ ޕާކިސްތާނުގެ ވާހަކަތަކަށް ހުރަހެއް ނުއެޅުވޭނެ: ޕާކިސްތާން
ޓެރަރިޒަމް ނައްތައިލުމަށް އިންޑިއާ އާއި ޕާކިސްތާނުން ކުރިއަށް ގެންދަން ހަމަޖައްސައިފައިވާ މަޝްވަރާތަކަށް ހުރަސް އެޅުވުމަކީ އެއްވެސް ޓެރަރިސްޓް ޖަމާއަތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނު ރޭޑިއޯ މެދުވެރިކުރައްވައި ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޚުވާޖާ މުޙައްމަދު ޢާޞިފް ވިދާޅުވީ ޕާކިސްތާނުން ޓެރަރިޒަމް ނައްތައިލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި މިހާރުވެސް އަންނަނީ ކުރިއެރުންތަކެއް ލިބެމުން ކަމަށެވެ.

ޢާޞިފް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށާއި ޓެރަރިސްޓުންނަށް ހުރި ފުރުޞަތުތައް ނައްތަވައިލައްވަން ކުރެއްވުން ހުރި ހުރިހައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އިންޑިއާގެ ޕަންޖާބުގެ އެއަރފޯސް ބޭސްއަށް މިދިއަ ހަފްތާގައި ދިން ހަމަލާ އާއިމެދު ޢާޞިފް ވިދާޅުވެފައިވަނީ އެކަންކުރީ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޞުލްހައިގެ ވާހަކަތަކަށް ހުރަސް އެޅުމަށް ކަމަށެވެ.

މިހަމަލާގައި 4 ޓެރަރިސްޓުން ނުވަތަ 5 ޓެރަރިސްޓުން މަރުވެފައިވާއިރު ގިނަ އަދަދެއްގެ އަސްކަރީން ވެސް ވަނީ މަރުވެފައެވެ. އަދި އެއަރ ފޯސް ބޭސްއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މިއަދު އޮންލައިން