މެކްސިކޯގެ އެންމެ ނުރައްކާތެރި ޑްރަގް ޑީލަރު އެލްޗަޕޯ އަލުން އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މެކްސިކޯގެ އެންމެ ނުރައްކާތެރި ޑްރަގް ޑީލަރު އެލްޗަޕޯ އަލުން އަތުލައިގެންފި
މެކްސިކޯގެ އެންމެ ނުރައްކާތެރި ޑްރަގް ޑީލަރުގެ ގޮތުގައި ބަލަމުން އަންނަ އެލްޗަޕޯގެ ނަމުން މަޝްހޫރުވެފައިވާ ޖޯކްޔިން ގުޒްމަން މެކްސިކޯގެ ނެވީން އަލުން އަތުލައިގެންފިއެވެ.

ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހު ދެވަނަ ފަހަރަށް އެލްޗަޕޯ އަތުލައި ގަނެވުމުން އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް މެކްސިކޯގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ދެވަނަ ފަހަރަށް އެލްޗެޕޯ ހައްޔަރުކުރަންޖެހުނީ، އެންމެ ސެކިޔުރިޓީ ވަރުގަދަ ޖަލެއްގައި ބަންދުކޮށްފައި ހުއްޓައި މީގެ 6 މަސްދުވަސްކުރިން އޭނާ ޖަލުން ފިލުމުންނެވެ.

ނޭވީން ބުނެފައިވަނީ އެންމެ ވަރުގަދަ މަރމަރޑް ވެހިކަލްގެ ދެ ވެހިކަލަކާއި ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި ހަތިޔާރު މިއޮޕަރޭޝަންގައި ސްޕެޝަލް މެރައިން ފޯސް އިން އަތުލައިގެންފައިވާ ކަމަށެވެ.

މެކްސިކޯގެ ނޭވީން އެލްޗެޕޯ އަތުލައިގަތުމުން އެކަމަށް އެމެރިކާއިން ވަނީ މަރުހަބާ ކިޔައިފައެވެ. "މިއީ މެކްސިކޯގައި ޤާނޫނުގެ ބާރު ހިންގަން މަސައްކަތްކުރާ ކަމުގެ ހެއްކެއް" ކަމަށް ވެސް އެމެރިކާއިން ބުނެއެވެ.
މިއަދު އޮންލައިން