އިރާނު ބަލިކޮށް މެދު އިރުމަތީގަ ޞުލްޙަ ޤާއިމުކުރާނެ ކަމުގެ އިންޒާރު ސައުދީން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިރާނު ބަލިކޮށް މެދު އިރުމަތީގަ ޞުލްޙަ ޤާއިމުކުރާނެ ކަމުގެ އިންޒާރު ސައުދީން ދީފި
އީރާނު ބަލިކޮށް މެދުއިރުމަތީގައި ޞުލްހަ ޤާއިމުކޮށް މެދުއިރުމައްޗަކީ އަމާންތަނަކަށް ހަދާނެ ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.

ޑިޕިޔުޓީ ކްރައުން ޕްރިންސް އަދި ޑިފެންސް މިނިސްޓަރ މުޙައްމަދު ބިިން ސަލްމާން ވިދާޅުވީ އިރާނާއި ދެކޮޅަށް "ހަނގުރާމަ" އިއުލާނުކުރަން ސައުދިއަރަބިޔާއަށް ޖެހުނީ އީރާނުގެ ސަބަބުން މުޅި ސަރަހައްދުގެ އަމާންކަން ގެއްލި ޓެރަރިޒަމް އާންމުވަމުންދާތީ ކަމަށެވެ.

ޑިޕިޔުޓީ ކްރައުން ޕްރިންސް މިމޭރުމުން ވިދާޅުވެފައި މިވަނީ ސައުދިއަރަބިޔާގެ އިޤްޠިޞާދު ރަނގަޅުކުރުމަށާއި މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމަށް ސައުދިއަރަބިޔާ އިން ކުރަމުން ގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ތަރްޙީބު ވަރަށް ބޮޑުވެފައިވާ ވަގުތެއްގައެވެ.

ތެލުގެ އަގު ދަށްވަމުން އަންނާތީ ސައުދިއަރަބިޔާގެ އިޤްޠިޞާދަށްވެސް ދަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންނެވެ. އެކަމުން ކުރިމަތިވާނެ މައްސަލަތައް ހައްލުކުރުމަށް ސައުދިއަރަބިޔާއިން ގެންދަނީ ފުޅައު ދާއިރާއެއްގައި ފިޔަވަޅުތައް އަޅަމުންނެވެ.

ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓުވުމަށް ސައުދީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުންނާއި ރިފިޔުޖީންނަށް އެހީވުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަންޖެހިފައި ވުމަކީވެސް ސައުދީ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑެތި މާލީ މައްސަލަތަކެވެ.

ސައުދީ ސަރުކާރުން ބުނެފައިވަނީ މިމައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދޭނީ ކޮންމެ ގޮތަކުން ނަމަވެސް ހަނގުރާމަތައް ހުއްޓުވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ އިރާނުން ޓެރަރިޒަމަށް ތާއީދުކުރުން ހުއްޓައިގެން ކަމަށެވެ.

މެދުއިރުމަތީގެ ކަންކަން ހައްލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ގެންދަނީ ސައުދިއަރަބިޔާއިންނެވެ.
މިއަދު އޮންލައިން