ދެ ހަފްތާވަންދެން ގަދަކަމުން ޖިންސީ ގުޅުން ހިންގައި ދެ ވަޒަން ޖަހައި ވަޅަކަށް ވައްޓައިލި ކުއްޖަކު ސަލާމަތްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދެ ހަފްތާވަންދެން ގަދަކަމުން ޖިންސީ ގުޅުން ހިންގައި ދެ ވަޒަން ޖަހައި ވަޅަކަށް ވައްޓައިލި ކުއްޖަކު ސަލާމަތްވެއްޖެ
ވަގަށް ނަގައި ދެ ހަފްތާ ވަންދެން ޖިންސީ ގުޅުން ހިންގުމަށްފަހު ދެ ވަޒަން ޖަހައި ވަޅަކަށް ވައްޓައިލި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތް ވެއްޖެއެވެ.

އަންހެންކުއްޖާ ބުނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އޭނާ ގެއިން ނުކުތީ މާރުކޭޓަށް ދިއުމަށް ކަމަށެވެ. ދިއަ މަގުމަތީގައި ގޭންގެއްގެ ބައަކު އޭނާ "ޖަހައިގަނެގެން" ގެންގޮސް ބެއިންދީ އަދިރި ތަނެއްގައި ކަމަށެވެ. އަދި އެތަނުގައި އިން އިރު 3 މީހަކު އެމީހުން ބޭނުން ވުމުން އައިސް އޭނާ އާއިއެކު ތަކުރާރުކޮށް އެތައް ފަހަރަކު ޖިންސީ ގުޅުން ހިންގި ކަމަށެވެ.

"ދެން އެއްރޭ އައިސް ބުނީ އަހަރެން މިނިވަން ކުރާނެ ކަމަށް. އެހެން ބުނެފައި ކާރަކަށް އަރުވައިގެން އަހަރެން ގޮވައިގެންދަމުން މަޑުކުރީ ރާވިއްކާތަނަކަށް ދެން އެމީހުން ރާބޯން ފެށީމާ އަހަރެން މިނިވަންކުރީ ކަމަށް ހީކޮށް ކާރުން ފައިބައިގެން ހިނގައިގަތީ. ފުރަތަމަޖެހި ވަޒަން ދިއައީ އަތުގެ ތެޔޮހަން ދުއްވައިލާފަ. ދެވަނަ އަށް ޖެހި ވަޒަން ޖެހީމާ ވީގޮތެއް ނުއެނގުނު. ހޭނެތިއްޖެ."

އޭނާ ބުނިގޮތުން އޭނާ ހޭއަރައިގެން ކަންކަން އެނގުނުއިރު މޭމަތީގައި ވަޒަނެއް އިނެވެ. ވަރަށް ހިތްވަރުން ވަޒަން އުފުރައިލީއެވެ.

އެހާލުގައި ވަޅުގައި އޮއްވާ އޭނާ ވަޅުން ސަލާމަތް ކުރީ އެސަރަހައްދުގައި އުޅޭ ބައަކަށް އޭނާ ރޯ އަޑު އިވިގެންނެވެ.

އެމީހުން އޭނާ ވަޅުން ނަގައިގެން ގެންދިއައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ފަރުވާ ލިބުމަށްފަހު މިހާރު އޭނާ ހުރީ ޢާންމު ހާލަތުގައެވެ.

އޭނާ ބުނަނީ މިފަދަ އަމަލުތައް ހިންގާ މީހުންނަށް މަރުގެ އަދަބު ނުދީ އިންޑިއާގައި މިކަން ނުހުއްޓުވޭނެ ކަމަށެވެ. މިހާދިސާ ހިންގާފައިވަނީ މިފަދަ ކަންކަން އެންމެ ޢާންމު ސަރަހެއްދެއް ކަމަށްވާ އުތުރު ދިއްލީގެ ސަރަހައްދެއްގައެވެ.
މިއަދު އޮންލައިން