ރަސިޔާ ޑޮކްޓަރަކު ޖެހިޖެހީނުން ބަލިމީހަކު މަރާލައިފިއެވެ.
ސެކިޔުރިޓީ ކެމެރާއިން ފެންނަ ގޮތުން ބިޔަ ބޮޑު ޑޮކްޓަރަކު ބަލިމިހާ ބަލަން ހުރެފައި ފުރަތަމަ އެނާ އެނދުން ކޮޅަށް ނަގައި ހޫރައިލީއެވެ. ޑޮކްޓަރުގެ ސުވާލަކަށްވީ ބަލިމީހާ ނަރުސް ކުއްޖާގެ ގައިގައި އަތްލި ސަބަބެވެ.
ބަލިމީހާ ތެދުވެގެން އައިސް ވާހަކަދައްކަން ފެށުމުން އެނާގެ މޫނުމަތީގައި ޑޮކްޓަރު ވަރަށް ބާރަށް ޖެހީއެވެ. އެފަހަރު ވެށްޓުނު ގޮތަށް ބަލިމީހާ ނުތެދުވެއެވެ.
ޑޮކްޓަރު ނަރުސްކުއްޖާގެ ގައިގައި ފައިންޖަހައި އޭނާ އެތަނުން ދުއްވައިލިތަންވެސް ވީޑިއޯ އިން ފެނެއެވެ. އެކަން އެނގިގެން ހޮސްޕިޓަލުގެ މުވައްޒިފުން އައިސް ބަލި މީހާ ނަގައިގެން ގެންގޮސް ބެލިއިރު އޭނާ ވަނީ މަރުވެފައެވެ.
ރަސިޔާގެ ޤާނުނު ބުނާގޮތުން މިފަދަ ކަމެއްގައި ޖަލުގައި ހޭދަކުރަންޖެހޭނީ 2 އަހަރު ދުވަހެވެ.