ސައުދީ ޑިޕިޔުޓީ ކްރައުން ޕްރިންސް ޕާކިސްތާނަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ސައުދީ ޑިޕިޔުޓީ ކްރައުން ޕްރިންސް ޕާކިސްތާނަށް
ސައުދިއަރަބިޔާގެ ޑިޕިޔުޓީ ކްރައުން ޕްރިންސް އަދި ޑިފެންސް މިނިސްޓަރ މުޙައްމަދު ބިން ސަލްމާން ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ މިދަތުރުފުޅުގައި މުޙައްމަދު ބިން ސަލްމާމް އިސްލާމް އާބާދުގެ ޖޯގަން ބޭސް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ޕާކިސްތާނުގެ ޑިފެންސް މިނިސްތަރ ޚަވާޖާ އާއި ޕާކިސްތާނުގެ އިސް އޮފިޝަލުންނެވެ.

މުޙައްމަދު ބިން ސަލްމާން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ޤައުމުގެ ރަސްމީ މަޝްވަރާތަކުގެ އެޖެންޑާގައި އެންމެ އިސްކަން ދެއްވާނެ އެއް ކަމަކީ ޓެރަރިޒަމް ނައްތައިލުމަށް ސައުދީން ކުރަމުން ގެންދާ މަސައްކަތްތައްކަމަށް ބެލެވެއެވެ.

ސައުދީ އާއިއެކު އޮންނަ ގުޅުން ހުރިހައި ދާއިރާތަކުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ޕާކިސްތާނުން ހާމަކޮށްފައިވާއިރު ސަލްމާން ރަސްގެފާނު ވެސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުކަން ހާމަކުރައްވައިފައެވެ.
މިއަދު އޮންލައިން