އީރާނުން އެމެރިކާ ނޭވީގެ 10 މީހުން ހިފެހެއްޓުމަށްފަހު މިނިވަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އީރާނުން އެމެރިކާ ނޭވީގެ 10 މީހުން ހިފެހެއްޓުމަށްފަހު މިނިވަންކޮށްފި
އީރާނުން އެމެރިކާ ނޭވީގެ 10 މީހުން ހިފެހެއްޓުމަށްފަހު މިނިވަންކޮށްފިއެވެ.

އީރާނުގެ ރިވޮލިޔުޝަނަރީ ގާޑުން ބުނީ އެީހުން ހިފެހެއްޓީ ކުޑަ ދެ ބޯޓެއްގައި އީރާނުގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ކަމަށާއި މިނިވަން ކުރީ އެކަން ކުރީ ޤަޞްދުގައި ކަމަސް ނުބެލެވޭތީ ކަމަށެވެ.

އެމެރިކާ ނޭވީގެ 9 ފިރިހެނުންނާއި އަންހެނަކު އީރާނުން އަތުލައިގަނެ ޕަރސިއަން ގަލްފްގައި އޮންނަ ފާރިސޡީ އައިލަންޑަށް ގެންދިއައީ އަންގާރަ ދުވަހު އެވެ. އީރާނުން އެމީހުން މިނިވަންކުރި ޚަބަރު އާންމުކޮށްފައިވަނީ މިއަދުއެވެ.

މި 10 މީހުންނަކީ އެމެރިކާ- ބަހްރައިން ފްލީޓަކަށް ނީޞްބަތްވާ ބައެކެވެ. ފްލީޓުން ބުނެފައިވަނީ އެމީހުން ހައްޔަރުކުރީ އިރާނުގެ ސަރހައްދުން ބޭރުން ކަމަށެވެ.

އެމީހުން ދޫކުރިކަން، މިވަގުތާއި ހަމައަށް ފްލީޓުން ޔަޤީންކޮށްދީފައެއް ނުވެއެވެ.
މިއަދު އޮންލައިން