އަފްގާނިސްތާނުގަ ހުރި ޕާކިސްތާނު ކޮންސިޔުލޭޓަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އަފްގާނިސްތާނުގަ ހުރި ޕާކިސްތާނު ކޮންސިޔުލޭޓަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި
އަފްޣާނުިސްތާނުގެ ޖަލާލް އާބާދުގައި ހުރި ޕާކިސްތާނު ކޮންސިޔުލޭޓް އޮފީހަށް މިއަދު ހެނދުނު ދިން ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހެނދުނު 9:00 ހައިއިރު ފުރަތަމަ ހަމަލާ ދިނީ ކޮންސިޔުލޭޓް އޮފީސް ކުރިމަތީގައި ޖާނުން ފިދާވެގެން ބޮމެއް ގޮއްވައިލައިގެނެވެ. އެއަށްފަހު ސަލާމަތީ ބާރުތަކާއި އައިއެސްގެ ހަނގުރާމަވެރިންނާއިމެދުގައި ވަނީ ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ.

ބޮން ގޮއްވައިލީ ވިސާ ހޯދުމަށް ގިނަ ބައަކު ކިޔޫގައި ތިއްބައި ކިޔޫއަށް ވަންނަން މަސައްކަތް ކުރުމުން ސެކިޔުރިޓީންނަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން އެތަނަށް ވަނަނުދިނުމުންނެވެ.

މިހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ 7 މީހުން މަރުވެ 7 މީހަކު ޒަޚަމްވެފައިވާއިރު އައިއެސްގެ ހަނގުރާމަވެރިންގެ ތެރެއިން ޖާނުން ފިދާވި މީހާއާއިއެކު މަރުވެފައިވަނީ 3 މީހުންނެވެ.

މިއީ އަފްޣާނިސްތާނުގައި ހުރި ޕާކިސްތާނުގެ އެމްބަސީއަކަށް ނުވަތަ ކޮންސިޔުލޭޓް އޮފީހަކަށް ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

ޕާކިސްތާނުން ވަނީ މިހަމަލާގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި ތަފްބީލުތައް ޕާކިސްތާނާއިއެކު ޙިއްޞާ ކުރުމަށް ސައުދީ ސަރުކާރަށް ގޮވައިލައިފައެވެ. އަދި އަފްޣާނިސްތާނުގައި ހުރި ޕާކިސްތާނުގެ އޮފީސްތައް ހިމާޔަތްކޮށް ބެލެހެއްޓުމަށާއި ޑިޕޮލެމެޓުން ހިމާޔަތް ކުރުމަށް ވެސް ޕާކިސްތާނުން ވަނީ ގޮވައިލައިފައެވެ.
މިއަދު އޮންލައިން