ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާ މިނިވަން 50 ޗެންޕިއަންޝިޕްގެ ޒޯން މުބާރާތުގައި އައްޑޫ ސިޓީގައި މިއަދު ކުޅުނު މެޗު ގދ. ފަރެސްމާތޮޑާ ކާމިޔާބު ކޮށްފިއެވެ.
އި، ވ. ކެޔޮދޫ ޓީމާ ބައްދަލުކޮށް ފަރެސްމާތޮޑާ މޮޅުވީ 4-1 ލަނޑުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ކެޔޮދޫ ޓީމުންނެވެ. ފުރަތަމަ ހާފުގައި އެލަނޑު ޖަހިތާ މާގިނައިރެއް ނުވަނީސް ފަރެސްމާތޮޑާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެެ.
އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. ދެވަނަ ހާފު ކުޅެން ފަށައި ފަރެސްމާތޮޑާއިން ވަނީ ކެޔޮދޫ ކޮޅަށް 3 ލަނޑު ޖަހައި ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލައިފައެވެ.
މިއީ ޒޯން މުބާރާތުގައި ފަރެސްމާތޮޑާއަށް ލިބުނު ފުރަތަމަ މޮޅެވެ. ކުރިން އެޓީމް ބައްދަލުކުރީ ސ. ފޭދޫ ޓީމާއެވެ. އެމެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ކެޔޮދޫ ކުރިން ކުޅުނު މެޗުންވެސް ވަނީ ބަލިވެފައެވެ. އެމެޗުގައި ކެޔޮދޫ ބައްދަލު ކުރީ ލ. ގަމު ޓީމާއެވެ.
ދެން އޮން މެޗުގައި ބައްދަލު ކުރާނީ ލ.ގަމު ޓީމާއި ފޭދޫ ޓީމެވެ.
މިއަދުގެ މެޗުގައި ދެޓީމަށްވެސްވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތު ލިބި ބޭނުން ނުކުރެވިފައެވެ.