ޗައިނާގެ ރައީސް ޒީ ޖިންޕިންގ އަންނަ އަންގާރަ ދުވަހު ސައުދިއަރަބިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.
ރައީސް ޒީ ގެ މިދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މެދުއިރުމައްޗަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ދުނިޔޭގެ ބޮޑެތި މައްސަލަތަކާއިމެދު ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ ޚާރިޖިއްޔާ އިން ބުނެފައިވަނީ ރައީސް ޒީ މިމަހު 19 ވަނަ ދުަވހުން ފެށިގެން 23 ވަނަ ދުވަހަށް ކުރިއަށްގެންދަވާ ރަސްމީ ދަތުރުފުޅުގައި މިޞުރަސާއި އީރާނަށް ދަތުރުފުޅު ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
ޗައިނާގެ ރައީސް އެންމެ ފަހުން ސައުދިއަރަބިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައިވަނީ 2009 ވަނަ އަހަރުއެވެ.
ޗައިނާ އިން ބުނެފައިވަނީ ޗައިނާ އިން މެދުއިރުމަތީގެ ޤައުމުތަކާއިއެކު ގުޅުން ބަދަހި ކުރާނެ ކަމަށާއި ނަމަވެސް އެކަން ކުރާނީ އެހެން ބޮޑެތި ބާރުތަކާ ތަފާތުކޮށް ކަމަށެވެ.