އީރާނުގެ މައްސަލައިގަ މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުމެއް މިމަހު 21 ވަނަ ދުވަހު ބާއްވަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 40ސ
އީރާނުގެ މައްސަލައިގަ މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުމެއް މިމަހު 21 ވަނަ ދުވަހު ބާއްވަނީ
އީރާނުގެ ވެރިރަށް ޓެހްރާނުގައި ހުރި ސައުދިއަރަބިޔާގެ އެމްބަސީއަށާއި މައްޝާދުގައި ހުރި ކޮންސުލޭޓް އޮފީހަށް އީރާނުގެ ބައަކު ދީފައިވާ ގެއްލުންތަކާއި ގުޅިގެން މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުމެއް މިމަހުގެ 21 ވަނަ ދުވަހު ބާއްވައިދިނުމަށް ސައުދިއަރަބިޔާއިން އެދިއްޖެއެވެ.

ސައުދިއަރަބިޔާއިން މިކަމަށް އެދިފައިވަނީ ޚާރިޖީ ވަޒީރު ޢާދިލް އަލްޖުބައިރު، އޯއައިސީގެ ސެކެޓްރީ ޖެނެރަލް އިޔާދު މަދާނީއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ސައުދިއަރަބިޔާއިން ބުނެފައިވަނީ އޯއައިސީގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުނީ އީރާނުގެ ބައަކު ހިންގި މި ބޮޑު ޖަރީމާއަކީ އޯއައިސީގެ މެންބަރު ޤައުމުތަކުން މަޝްވަރާކުރަން ޖެހޭނެ ކަމަކަށްވާތީ ކަމަށެވެ.

އޯއައިސީ އިން ވަނީ އީރާނާއި ސައުދި އަރަބިޔާ އިން ބޭނުންނަމަ މައްސަލަ ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދޭން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
މިއަދު އޮންލައިން