ޕާކިސްތާނުގެ ބޮޑުވަޒީރު ސައުދިއަރަބިޔާއަށް ވަޑައިގަންނަވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޕާކިސްތާނުގެ ބޮޑުވަޒީރު ސައުދިއަރަބިޔާއަށް ވަޑައިގަންނަވަނީ
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަންނަ ޙޯމަ ދުވަހު ސައުދިއަރަބިޔާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވަނީ ނަވާޒް ޝަރީފްގެ މިދަތުރުފުޅުގައި ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި ބައްދަލުކުރައްވަވައި ދެގައުމުގެ މެދުގައި ގުޅުންތައް ބަދަހިކުރެއްވުމަސް މަޝްވަރާތައް ކުރިއަސް ގެންދަވާނެ ކަމަށެވެ.

ނަވާޒް ޝަރީފުގެ އަރިއަހުގައި ޕާކިސްތާނުގެ މިލިޓަރީ ޗީފް، ޖެނެރަލް ރަޙީލް ޝަރީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނަވާޒް ޝަރީފަކީ ސައުދި ސަރުކާރާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ޖެނެރަލް މުޝައްރަފު، ނަވާޒުގެ ޝަރީފުގެ ވެރިކަން އިންޤިލާބަކުން ވައްޓައިލުމުން ނަވާޒް ޝަރީފަށް ހިމާޔަތް ދިނީވެސް ސައުދިއަރަބިޔާ އިންނެވެ.

ހުކުރު ދުވަހު ޕާކިސްތާނުގެ ސެނޭޓުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުޙައްމަދު ޢާޞިފް ވިދާޅުވީ ސައުދިއަރަބިޔާ ހިމާޔަތްކޮށް ދިފާޢު ކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަަމަށެވެ. އެކަމަށް ދެ ޤައުމުން ވެފައިވާ އެއްބަސްވުމަސް ޕާކިސްތާނުން އަބަދުވެސް އިޙްތިރާމް ކުރާނެ ކަމަށެވެ.

ސައުދިއަރަބިޔާ އާއި އީރާނާއި ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަން ޕާކިސްތާނު އޮތީ ތައްޔާރަށް ކަމަށްވެސް ޢާޞިފް ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން