ޗައިނާގެ ރައީސް ޒީ ޖިންޕިންގ ސައުދިއަރަބިޔާއަށް ކުރައްވާ ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދިއަރަބިޔާއަށް ވަޑައިގެންފިއެވެ.
ކިންގ ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސް ޒީއަށް މަރުހަބާ ވިދާޅުވީ ޑިޕިޔުޓީ ކްރައުން ޕްރިންސް އަދި ޑިފެންސް މިނިސްޓަރ މުޙައްމަދު ބިން ސަލްމާން އާއި ސައުދީ ސަރުކާރުގެ ގިނަ އަދަދެއްގެ އިސްވެރިންނެވެ.
ރައީސް ޒީގެ މިދަތުރުފޫލުގައި ކިންގ ސަލްމާން އާއިއެކު ދެ ޤައުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ އިތުރުން އޯއައިސީގެ އިސްވެރިންނާއިއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޒީގެ މި ދަތުރުފުޅު ހަމަޖެހުމާއިއެކު ޗައިނާ އާއި ސައުދިއަރަބިޔާ އިން ވެސް ވަނީ ވަރަށް ގިނަ ޚަބަރުތައް ހާމަކޮށް ދަތުރުފުޅުގެ މުހިންމުކަމާއި ޗައިނާ އާއި ސައުދިއަރަބިޔާގެ ގުޅުމުގެ ބަދަހިކަން ހާމަކޮށްފައެވެ.
ރައީސް ޒީ މެދުއިރުމައްޗަށް މިކުރައްވަވާ ދަތުރުފުޅުގައި މިޞުރަށާއި އީރާނަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.