ޠާލިބާނުން ޕާކިސްތާނުގެ ޔުނިވަރސިޓީއަކަށް ހަމަލާދީ 19 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޠާލިބާނުން ޕާކިސްތާނުގެ ޔުނިވަރސިޓީއަކަށް ހަމަލާދީ 19 މީހުން މަރާލައިފި
ޠާލިބާނުން ޕާކިސްތާނުގެ ޔުނިވަރސިޓީއަކަށް ހަމަލާދީ 18 މީހުން މަރާލައި 50 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު 40 އަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.

މަރުވި މީހުންގެ ތެރޭގައި ތަނުގެ މުވައްޒިފުންނާއި އެދުރުންނާއި ދަރިވަރުންނާއި ފުލުހުންވެސް ހިމެނެއެވެ.

6 ގަޑިއިރު ވަންދެން ހަމަލާ ބަދަލުކުރުމަށްފަހު ސިފައިން ބުނީ ޔުނިވަރސިޓީ ސިފައިންގެ ކޮންޓްރޯލުގެދަށަށް ގެނެވިފައިވާ ކަަމަށާއި ތަން މީހާރު ވަނީ ސާފުކުރެވިފައި ކަމަށެވެ. އަދި ޠާލިބާނުންގެ 4 މީހަކު މަރައިލެވިފައިވާ ކަމަށެވެ.

މަންޒަރު ފެނުނު ބައެއް ދަރިވަރުން ބުނީ އޭކޭ 47 ރައިފަލް ހިފައިގެންތިބި ބައަކު ޔުނިވަރސިޓީއަށް ވަދެގަތުމަށްފަހު ބަޑިޖަހަން ފެށީ ކަމަށެވެ.
ސިފައިން ބުނާގޮތުން މަރުވި ގިނާ މީހުން މަރާފައިވަނީ ބޮލަށް ބަޑި ޖަހައިގެންނެވެ.

3000 ދަރިވަރުން ކިޔަވާ ޔުނިވަރސިޓީގައި އިތުރު 600 ދަރިވަރުންނާއިއެކު މިއަދު ދިއައީ ޅެން ކިޔުމަށް ތައްޔާރުވަމުންނެވެ.
މިއަދު އޮންލައިން