އޮޅުމަކުން "ޓެރަސް"ގެ ބަދަލުގައި "ޓެރަރިސްޓް" ލިޔެވުނު 10 އަހަރުގެ މުސްލިމް ކުއްޖެއްގެ މައްސަލަ ފުލުހުންނަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އޮޅުމަކުން "ޓެރަސް"ގެ ބަދަލުގައި "ޓެރަރިސްޓް" ލިޔެވުނު 10 އަހަރުގެ މުސްލިމް ކުއްޖެއްގެ މައްސަލަ ފުލުހުންނަށް
އިނގިރޭސި ވިލަތުގެ ޕްރައިމަރީ ސްކޫލެއްގައި ކިޔަވާ އުމުރުން 10 އަހަރުގެ މުސްލިމް ކުއްޖަކަށް ކްލާހުގައި ސުވާލުތަކަށް ޖަވާބު ލިޔުނު އިރު އޮޅިގެން "ޓެރަސްގެ" ގެ ބަދަލުގައި "ޓެރަރިސްޓް" ލިޔެވުމުން ފުލުހުން އެމައްސަލަ ބަލައިފިއެވެ.

"އަހަރެން ދިރިއުޅެނީ ޓެރަސް ހުންނަ ގެއެއްގައި" ކަމަށް ލިޔަން އުޅެނިކޮށް އެކުއްޖާއަށް ލިޔެވުނީީ އޭނާ ދިރިއުޅެނީ "ޓެރަރިސްޓް ޙޯމް" އެއްގައި ކަމަށެވެ.

ކްލާހުގައި ހިނގައިދިއަ މިހާދިސާ އާއި ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ ކްލާހުގެ ޓީޗަރެވެ.

ފުލުހުން ވަނީ ސްކޫލަށް ގޮސް ކުއްޖާ އާއި ސުވާލުކުރުމުގެ އިތުރުން ދިރިއުޅޭގެއަށް ގޮސް ގޭގެ ހުރިހައި ތަނެއް ބަަލައި ފާސްކޮށްފައެވެ. ގޭގައި ހުރި ފޯނުތަކާއި ލެޕްޓޮޕްތަކާއި ކޮމްޕިޔުތަރުތައްވެސް ވަނީ ވަރަށް ބޮޑަށް ބަލައި ފާސްކޮށްފައެވެ.

އެމެރިކާގައި ހިނގައި ދިއަ ގަޑި އަހްމަދުގެ ހާދިސާއަށްފަހު މިއީ ފާހަގަކުރެވޭ މައްސަލައެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރެއެވެ.
މިއަދު އޮންލައިން