ކާބުލްގަ ހުންނަ ރަސިޔާ އެމްބަސީ ކައިރީ ކާރުބޮމެއް ގޮއްވާލުމުން އެކަމަރުވެ 12 މީހުން ޒަޚަމްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ކާބުލްގަ ހުންނަ ރަސިޔާ އެމްބަސީ ކައިރީ ކާރުބޮމެއް ގޮއްވާލުމުން އެކަމަރުވެ 12 މީހުން ޒަޚަމްވެއްޖެ
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ރަސިއާ އެމްބަސީ ކައިރީގައި ކާރުބޮމެއް ގޮއްވައިލުމުގެ ސަބަބުން އެކަކު މަރުވެ 12 މީހުން ޒަޚަމްވެއްޖެއެވެ.

ރޭ ފަތިހު 5:00 (ޖީއެމްޓީ)، ރާއްޖޭ ގަޑިން ހެނދުނު 10:00 ހައިއިރު ޖާނުން ފިދާވެގެން ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގައިފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހަމަލާދީފައިވަނީ ކޮން ކަމަކަށް ނުވަތަ ކޮން ބައަކަށް އަމާޒުކޮށްގެންކަން އަދި ނުއެނގޭ ކަމަށެވެ. ހަމަލާ ދީފައި މިވަނީ ސީރިޔާގައި ހަނގުރާމަކުރާ އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ރަސިޔާއިން ދެމުން ގެންދާ ވައިގެ ހަމަލާތަކަށް ބަދަލުހިފާނެކަމަށް އައިއެސްގެ ހަނގުރާމަވެރިން ބުނެފައިވަނިކޮށެވެ.
މިއަދު އޮންލައިން