ސައުދީ އެމްބަސީއަށް ދިން ގެއްލުންތައް އީރާނުގެ ރޫޙާނީ ލީޑަރު ކުށްވެރިކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ސައުދީ އެމްބަސީއަށް ދިން ގެއްލުންތައް އީރާނުގެ ރޫޙާނީ ލީޑަރު ކުށްވެރިކުރައްވައިފި
މިމަހުގެ 23 ވަނަ ދުވަހުގައި އީރާނުގައި ހުރި ސައުދީ އެމްބަސީއަށާއި ކޮންސިޔުލޭޓް އޮފީހަށް އީރާންގެ ބައަކު ދިން ގެއްލުންތައް އީރާނުގެ ޜޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚަމްނައީ ކުށްވެރިކުރައްވައިފިއެވެ.

ރޫޙާނީ ލީޑަރު މިއަދު ވިދާޅުވީ ސައިދީ އެމްބަސީއަށް ގެއްލުން ދިނުމަކީ ބައަކު ކުރި ވަރަށް ނުބައި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އީރާނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށެވެ. ނަމަވެސް އެއީ އެކަމުގައި އަހަރެމެންގެ މިތިބަ ވަޠަނީ ޒުވާނުން ކުށްވެރިކުރަން ދައްކަންވީ ބަހަނާއެއް ނޫން ކަމަށެވެ.

އިރާނުގެ ރިވޮލިޔުޝަނަރީ ގާޑުން އެމެރިކާގެ ކަނޑުމަތީގެ ސިފައިންގެ ބައަކު ހިފެހެއްޓި މައްސަލައިގައި ރޫހާނީ ލީޑަރު ވަނީ ސެކިޔުރިޓީ ގާޑުންނަށް ހިތްވަރު ދެއްވައިފައެވެ.

މާދަމާ ސައުދިއަރަބިޔާގައި ފަށާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އިރާނުގައި ހުރި ސައުދީ އެމްބަސީއަށް ދިން ގެއްލުންތަކުގެ މައްސަލައަށްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން