ހޮނިހިރު ދުވަހު ރަސިޔާއިން ދިން ވައިގެ ހަމަލާތަކެއްގައި ސިރިޔާގެ ޢާންމުރައްޔިތުންގެ 63 މީހަކު މަރުވެއްޖެއެވެ. އެއިގެ ތެރޭގައި 8 ކުޑަކުދިންވެސް ހިމެނެއެވެ.
މިހަމަލާތަކުގެ އިތުރުން ވެސް ކުރީ ހަފްތާގައި އެހެން އަވަށްތަކަށް ރަސިއާ އިން ދިން ހަމަލާތަކުގައިވެސް ޢާންމުންގެ އެތައް ބައަކު ވަނީ މަރުވެފައެވެ. ރަސިއާ އިން ހަމަލާތައް އަމާޒުކުރަނީ ސީރިޔާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށާއި އައިއެސްގެ ހަނގުރާމަވެރިންނަށެވެ.
ރަސިއާ އިން ދެމުންގެންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ޢާންމުން މަރުވަމުން ދިއުމަކީ ގިނަ ބައަކު ހަނގުރާމަވެރިންނާއި ގުޅޭ ސަބަބަކަށް މިހާރުވަނީވެފައެވެ.
ސީރިޔާ އާއި ޔަމަނުގައި ކުރިއަށް ގެންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން މަރުވަމުންދިއުމާއިމެދު ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.