ޒައިނަބްގެފާނަށް ނިޞްބަތްވާ ސީރިޔާގެ ސަރަޙައްދެއްގައި ދެ ބޮން ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޒައިނަބްގެފާނަށް ނިޞްބަތްވާ ސީރިޔާގެ ސަރަޙައްދެއްގައި ދެ ބޮން ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ކާފަދަރިކަނބަލުން ޒައިނަބްގެފާނުގެ ނަންދީފައިވާ ސީރިޔާގެ ސަރަހައްދެއްދެއްގައި ހުކުރު ދުވަހާއި މިއަދު 2 ބޮން ގޮއްވާލައި 30 މީހުން މަރާލައިފިއެވެ.

ސީރިޔާގެ ވެރިރަށް ދިމިސްޤްގެ ދެކުނުން އޮންނަ ސައްޔިދާ ޒައިނަބް ޑިސްޓްރިކްޓްގައި އެކަމަނާގެ މަހާނަފުޅު ކަމަށް ބެލެވޭ މަހާނަފުޅެއް ހުރެއެވެ. އަދި އެމަހާނަފުޅާއި ގުޅުވައިގެން ހަދާފައިވާ މިސްކިތަކީ ޝިޢީންގެ އިލްމުވެރިން ދުނިޔޭގެ ކަންކޮޅުތަކުން ޖަމާވެ އިލްމު އުނގެނެން ބޭނުންކުރާ މަރުކަޒެކެވެ.

މިބިނާ އަކީ ޝިޢީންގެ ދެ ވަނައަށް އެންމެ މުޤައްދިސް ބިނާއެވެ. ދުނިޔޭގެ ކަންކޮޅުތަކުން ޝިޢީން އެއްވެ މިބިނާއަށް އިހްތިރާމް އަދާކުރެއެވެ.

މިސަރަހައްދަކީ ލެބަނަންގެ ހިޒްބުﷲ ޖަމާއަތުން ކޮންޓްރޯލުކުރަމުން ގެންދާ ސަރަހައްދެކެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަމަލާދީފައިވަނި ގޮވާތަކެތި ހުރި ކާރެއްގައި އައިސް އެބިނާ ކައިރިގައި ހުރި ފާރެއްގައި ޖައްސައިގެންނެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ވަނީ އެތަނަށް ހަމަލާދޭން މަސައްކަތްކޮށްފައެވެ. އައިއެސް އިން ވަނީ މިހަމަލާތަކުގެ ޒިންމާ އުފުލައިފައެވެ.
މިއަދު އޮންލައިން