ސައުދިއަރަބިޔާގައި ހިންގަން މަސައްކަތްކުރާ ޓެރަރިޒަމްގެ އަމަލެއް ރޫޅަައިލެވޭފަދަ މައުލޫމާތެއް ސައުދީ ހޯމް މިނިސްޓްރީއަށް ދޭ ފަރާތަކަށް 7 މިލިއަން ރިޔާލައިގެ ބޮޑު އިނާމެއް ސައުދީ ސަރުކާރުން ހުށަހަޅައިފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނެފައިވަނީ މީގެ އިތުރުން ޓެރަރިސްޓަކު އަތުލައިގަނެވޭފަދަ މައުލޫމާތެއް ހޯމް މިނިސްޓްރީއަށް ދިން ކޮންމެ ފަރާތަކަށް 1 މިލިއަން ރިޔާލައިގެ އިނާމެއް ދޭނެ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ތަރުޖަމާނު މޭޖަރ ޖެނެރަލް މަންސޫރު އަލްތުރްކީ މި އިނާމުތައް އިއުލާނު ކުރައްވަވާފައި މިވަނީ އެ ޤައުމުން ޓެރަރިޒަމް ފޮހެލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ވަގުތެއްގައެވެ.
މިދިއަ އަހަރު ސައުދީގައި ހިންގި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން މިހާރުވެސް ދަނީ ގިނަ ބައަކު ހޯދަމުންނެވެ. އެއިގެ ތެރޭގައި ޤައުމަށް ޣައްދާރުވި ސިފައިންގެ މީހަކު ވެސް ހިމެނެއެވެ.