ޖާނުން ފިދާވެގެން ކާބުލްގެ ޕޮލިސް ސްޓޭޝަނެއްގެ ކުރިމަތީގައި ދިން ހަމަލާއެއްގައި 17 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ޖާނުން ފިދާވެގެން ކާބުލްގެ ޕޮލިސް ސްޓޭޝަނެއްގެ ކުރިމަތީގައި ދިން ހަމަލާއެއްގައި 17 މީހުން މަރުވެއްޖެ
ޖާނުން ފިދާވެގެން އަގްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޕޮލިސް ސްޓޭޝަނެއްގެ ކުރިމަތީގައި ދިން ހަމަލާއެއްގައި 17 މީހުން މަރުވެ 25 މީހުން ޒަކަމްވެއްޖެއެވެ.

އަލްޖަޒީރާ އިން ބުނީ މިހަމަލާދީފައިވަނީ މިއަދު މެންދުރެއްހައިކަމަށެވެ. އަދި އޭނާއަމިއްލައަށް ހަށިގަނޑު ގޮއްވައިލީ ޕޮލިސް ސްޓޭޝަންތެރެއަށް ނުވަދެވެމުން ކަމަށެވެ.

މިހަމަލާގެ ޒިންމާ ޠާލިބާނުން މިހާރު ވަނީ އުފުލައިފައެވެ.

މިހަމަލާ ދީފައި މިވަނީ އަފްޣާނިސްތާނުގައި ޞުލްހަ ޤާއިމުކުރުމަށް އަފްޣާނިސްތާނާއި ޕާކިސްތާން އަދި ޗައިނާ އާއި އެމެރިކާގެ އޮފިޝަލުން މަޝްވަރާކުރަން 5 ދުވަހަށް ކައިރިވެފައިވަނިކޮށެވެ.

މިދިއަ މަހުވެސް އަފްގާނިސްތާނުގައި ވަނީ ޖާނުންފިދާވެގެން ގިނަ ހަމަލާތަކެއްދީފައެވެ. މަރުވި މީހުންގެ ތެރޭގައި 7 ނޫސްވެރިއަކުވެސް ހިމެނެއެވެ.

ޠާލިބާނުންނާއި ހަނގުރާމަވެރި ޖަމާއަތްތަކުން ބުނަމުން ގެންދަނީ އަފްގާނިސްތާނުގައި ވެރިކަން ކުރަނީ ހުޅަނގުގެ ސަރުކާރަކުން ކަަމަށާއި އެފަދަ ސަރުކާރެއް ބަލައި ނުގަންނާނެ ކަމަށެވެ.
މިއަދު އޮންލައިން