ޙައްޖާއި އުމުރާވުމަށް އިރާނުން ސައުދިއަރަބިޔާއަށް ދާ އީރާނުގެ ރައްޔިތުންނަށް ސައުދިއަރަބިޔާ އިން މަރުޙަބާ ކިޔާނެ ކަމަށް ސައުދީ ޚާރިޖީވަޒީރު ޢާދިލް އަލްޖުބައިރު ވިދާޅުވެއްޖެއެވެ.
ޢާދިލް ވިދާޅުވީ އިރާނުގެ އަމަލުތައް ހުރި ގޮތުން ސިޔާސީ ގޮތުން އީރާނާއި ސައުދިއަރަބިޔާ އާއި ދެމެދު އުފެދިފައިވާ މައްސަލަތަކަކީ ދެ ސަރުކާރުގެ މެދުގައި ހުރި މައްސަލަތަކެއް ކަމަށެވެ. އެކަންކަމުގެ ސަބަބުން ހައްޖަށާއި އުމުރާއަށް ސައުދިއަރަބިޔާއަށް ޒިޔާރަތްކުރާ އީރާނުގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ.
ޢާދިލް ވިދާޅުވީ ހައްޖާއި އުމުރާވުމަށް ސައުދިއަރަބިޔާއަށް ޒިޔާކުރާ މުސްލިމުންނަށް އެޤައުމުން ގެންދަނީ ޚައްޞަ މެހްމާންދާރީއެއް އަދާކުރަމުން ކަމަށާއި ހަމައެ މެހްމާންދާރީ އީރާނުގެ ރައްޔިތުންނަށްވެސް ސައުދީން އަދާކުރާނެ ކަމަށެވެ.
ޢާދިލް ވިދާޅުވީ އީރާނުން މަސައްކަތްކުރަމުން ގެންދަނީ މެދުއިރުމަތީގައި މައްސަލަތައް އުފައްދަން ކަމަށާއި އަދި މުސްލިމުން ބައިބައިކުރަން ކަމަށެވެ. "އެންމެ ބޮޑު މައްސަލައަކީ އިރާނުން ޓެރަރިރިސްޓުންނަށް ވާގިވެރިވާކަން. މިއީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން."
އާދިލްގެ ވާހަކަފުޅުގައި އީރާނާއިއެކު ގުޅުން ބަދަހިކުރުމާއިމެދު އެއްވެސް ވަރަކަށް އަލިއަޅުއްވައިލައްވައިފައެއް ނުވެއެވެ.