އިންޑިއާގެ ހުޅަނގު ބެންގާލުގެ އަވަށަކަށް ޖަންގަލީ އެތެއް ނުކުމެ ގިނަ އަދަދެއްގެ ވެހިކަލްތަކާއި ގެދޮރު ހަލާކުކޮށްފިއެވެ.
މަންޒަރު ދުށް މީހުން ބުނީ އެތް މަގުތަކުގައި ހިނގައި ކާރުތަކާއި ސައިކަލުތަކާއި ފެނުނުހައި އެއްޗެއް ހަލާކުކުރި ކަމަށެވެ. އަދި ކުދި ގެދޮރުވެސް ހަލާކުކުރި ކަމަށެވެ.
ޖަންގަލި ބަލަހައްޓާ އޮފީހުން ބުނީ އެތް ޖަންގަލިން ނުކުތީ ކާއެއްޗެއް ހޯދަން ކަމަށް ޤަބޫލުކުރެވޭ ކަމަށާއި މީހުން ފެނުމުން އެތް ބިރުގަނެ ޖަންގައްޔަށް ދާން އުޅުމުން ދާނެ މަގު ނުއެނގުނީ ކަމަށެވެ.
އެތް މަތިރިކުރެވުނީ ހޭނައްތައިލުމަށް ބޭނުންކުރާ ވަޒަނުގެ 3 ވަޒަން ޖަހައި ހޭނައްތައިލައިގެންނެވެ. ޖަންގަލި ބަލަހައްޓާ އޮފީހުން މިހާރު ވަނީ ހޭއަރަންދެން އެއޮފީހުގެ ބެލުމުގެދަށުގައި އެތް ބާއްވައިފައެވެ.
އިންޑިއާގެ ބައެއް އަވަށްތަކަށް ކުރިމަތިވާ މިފަދަ މައްސަލަތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.