އިންޑިއާއަށް އިޒްރޭލުން 3 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ގަތުމަށް ނިންމައިފިއެވެ. އަންނަ މާރޗްމަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލަށް ކުރައްވާ ޒިޔާރުތައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއްބަސްވުން އެކުލަވައިލުމުގައި ބައެއް މައްސަލަތައް އެބަހުރި ކަަމަށާއި މައިގަނޑު މައްސަލައަކީ އަގު ބޮޑުވުން ނަމަވެސް މޯދީ އިޒްރޭލަށް ވަޑައިގަންނަވާއިރަށް އެކަންކަން ހަމަޖެހޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާގެ ސަލާމަތަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔަރާއި ވަސީލަތްތައް ހޯދަންޖެހިފައިވާ ކަމަށެވެ.
އިންޑިއާގެ ޚާރިޖީ ވަޒިރު ވަނީ ދާދިފަހުން އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. މިދަތުރުފުޅުގައި އެކަމަނާ ވަނީ އުރްދުން އަށްވެސް ޒިޔާރަތް ކުރައްވައިފައެވެ.