ބަޑިހިފައިގެންހުރި މީހަކު ސައުދިއަރަބިޔާގެ އަލްޖަޒަންގެ ތައުލީމީީ އޮފީހަށް ހަމަލާދީ 7 މީހުން މަރައި އެތައް ބައަކު ޒަޚަމްކޮށްލައިފިއެވެ.
ބުރާސްފަތި ދުވަހު އޮފީސް ހިނގަމުންދަނިކޮށް ބަޑިން ހަމަލާދިން މީހާ ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. ނަމަވެސް ފުލުހުން އަދި މިހައިތަނަށް އެކަމުގެ އިތުރު ތަފްޞީލެއް ޙާމަކޮށްފައެއް ނުވެއެވެ.
އެއޮފީހުގެ މުވައްޒިފަކު ބުނީ އެއީ އެއޮފީހުގެ މުވައްޒިފެއް ނޫން ކަމަށާއި ނަމަވެސް އޮފިހާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުން ގެންދާ މީހެއް ކަމަށެވެ.
މަރުވިމީހުންގެ ތެރޭގައި 3 ސްޕަރވައިޒަރުންނާއި 3 އެޑްމިނިސްޓްރޭޓަރުން ހިނެއެވެ. މިހަމަލާ ދީފައިވަނީ އޮފީހުގެ ރަސްމީ ގަޑީގައެވެ.
ބައެއް ނުރަސްމީ ރިޕޯޓުތަކުގައި ބުނެފައިވަނީ ހަމަލާ ދިނީ ޒާތީ ކަމެއްގައި ކަމަށެވެ.