ކުންފުނިތަކުގެ ޓޭންކްތައް ފުރި ކްރޫޑް އަޅާނެ ފްލޯޓިންގ ޓޭންކް ހޯދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކުންފުނިތަކުގެ ޓޭންކްތައް ފުރި ކްރޫޑް އަޅާނެ ފްލޯޓިންގ ޓޭންކް ހޯދަނީ
ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއި ގުޅިގެން ތެޔޮ ސާފުކުރާ ކުންފުނިތަކުގެ ޓޭންކްތައް ފުރިގެން ފްލޯޓިންގ ޓޭންކްތައް ހޯދައި ސާފުނުކުރާ ތެޔޮ ރައްކާކުރަން ފަށައިފިއެވެ.

މަޝްހޫރު ބީޕީ ކުންފުނީގެ ޗީފް އެގްޒެކަޓިވް ބޮބް ޑަޑްލީ ބުނީ ތެލުގެ އަގު މިހާރު ދަށަށްދާ މިންވަރަށް ދަށަށްދާނަމަ މިއަހަރު ނިމޭއިރު ސްވިމިންގ ޕޫލުތަކަށް އަޅާ ފެނުގެ އަގަށްވުރެ ތެލުގެ އަގު ހެޔޮވާނެކަމަށެވެ.

ބޮބް ޑަޑްލީ ބުނީ އެކުންފުނީގެ ޓޭންކްތައް ފުރިފައިވާ ކަމަށާއި ގިނަ އަދަދެއްގެ ފްލޯޓިންގ ޓޭންކް ހޯދަން ކުންފުނިން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

ދުނިޔޭގެ ތެޔޮ އުފައްދާ ބޮޑެތި ކުންފުނިތަކުގެ ހުރިހައި ޓޭންކްތަކެއް މިހާރު ވަނީ ސާފުނުކުރާ ތެލުން ފުރިފައެވެ. ކުންފުނިތަކުން އިންތިޒާރު ކުރަމުން ގެންދަނީ ތެލުގެ އަގު އުފުލުމުން ބޮޑު ފައިދާއެއް ހޯދުމަށެވެ.

ތެޔޮ އުފައްދާ ބައެއް ޤައުމުތަކުން ބުނެފައިވަނީ މިއަހަރުގެ ފަހުކޮޅު ނޫނީ ތެލުގެ އަގު އުފުލޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މިއަދު އޮންލައިން