ކޯޕްރަލް ޙުސައިން ފަޔާޒް ޝޫޓިންގ އިވެންޓްގެ ފައިނަލަށް ދަތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ކޯޕްރަލް ޙުސައިން ފަޔާޒް ޝޫޓިންގ އިވެންޓްގެ ފައިނަލަށް ދަތުރުކޮށްފި
12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާާދަކުރާ ޝޫޓިންގ ޓީމްގައި ހިމެނޭ ސިފައިންގެ ކޯޕްރަލް ޙުސައިން ފަޔާޒް، ޝޫޓިންގެ އިވެންޓްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޝޫޓިންގ އިވެންޓްގެ ފައިނަލަށް ކޯޕްރަލް ޙުސައިން ފަޔާޒް ދަތުރުކޮށްފައިވަނީ، 50 މީޓަރ ފްރީ ރައިފަލް ޕްރޯން އިވެންޓްގައި ވާދަކޮށްގެންނެވެ. މި އިވެންޓްގެ ފައިނަލަށް ކޯޕްރަލް ޙުސައިން ފަޔާޒް ފައިނަލަށް ދަތުރުކޮށްފައިވާއިރު، އޭނާ ވަނީ މިމުބާރާތުގައި ޤައުމީ ރިކޯޑްވެސް އާކޮށްފައެވެ.

މިމުބާރުގައި ވާދަކުރާ ރައިފަލް ޝޫޓިންގ ޓީމުގައި ސިފައިންގެ 3 ބޭކަލުންނާއި، ފިސްޓަލް ޓީމުގައި ސިފައިންގެ 3 އަންހެން ބޭކަނބަލުންނާއި އަދި ދެ އޮފިޝަލުން ހިމެނެއެވެ. މިޓީމްގެ މެނޭޖަރަކީ ކެޕްޓަން މުޙައްމަދު ޖިޔާދު އެވެ.
މިއަދު އޮންލައިން