އިންޑިއާގެ ސިންދު އަވަށުގައި ދިރިއުޅެމުން ގެންދިއަ އަންހެނަކަށް އޭނާގެ ޅިޔަނުގެ ކިބައިން ސަލާމަތް ނުވެވުމުން ގުނަވަން ފޮތިފޮތިކޮށް، ބައިތައް ފުލުހުންނާއި ހަވާލުކޮށްފިއެވެ.
ޕޮލިސް ސްޓޭޝަނަށް އޭނާ ދިއައީ އޭނާގެ 3 ދަރިން ގޮވައިގެންނެވެ. އޭނާގެ ފަރާތުން ބަޔާން ދިން ދަރިން ބުނީ މަންމައަށް އެކަން ކުރަންޖެހުނީ ބޭބެ، އެކިފަހަރުމަތިން ކުރަމުން ގެންދިއަ ޖިންސީނީ ގޯނާތަކުން ސަލާމަތް ވެވޭނެ އިތުރުގޮތެއް މަންމައަށް ނުފެނުމުން ކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް ޞިއްޙީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުން އެގެއަށް ދިއައިރު ޅިޔަނު ހުރީ އަމިއްލައަށް ދަންޖެހި މަރުވެފައެވެ.
އޭނާގެ ފިރިމީހާ މަސައްކަތްކުރަނީ 700 މޭލު ދުރުގައެވެ. އޭނާ ގޭގައި ދިރިއުޅެން މަޖުބޫރުވެފައިވަނީ 3 ދަރިން ގޮވައިގެން ޅިޔަނާއިއެއް ގެއެއް ގައެވެ.
އިންޑިއާ އަކީ ޖިންސީ ގޯނާ ކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ޤައުމެވެ.